އިތުރު 35 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 897 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި 35 މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި ބަންގުލަދޭޝްގެ 14 މީހަކާއި އިންޑިއާގެ ހަތް މީހެއް ކަމަށެވެ.
އިތުރު 35 މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 62 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 32 މީހަކާއި 23 ދިވެއްސަކާއި އިންޑިއާގެ ހަތް މީހެކެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 31 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު ދެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.