މޯލްޑިވިއަން

މޯލްޑިވިއަންގެ ބޯޓެއްގައި އިތުރު 50 ދިވެހިން އިންޑިއާއިން ރާއްޖެއަށް އައިސްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19އާ ގުޅިގެން އިންޑިއާގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން އިތުރު 50 މީހަކު ރާއްޖެ ގެނެސްފިއެވެ.

ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނީ މޯލްޑިވިއަންގެ ބޯޓު ރާއްޖެ އައިސްފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމުން ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން އިންޑިއާ ލޮކްޑައުންގެ ހާލަތުގައި އޮތްއިރު 50 ދިވެހިން ރާއްޖެ ގެނެސްފައިވަނީ ފޮރިން މިނިސްޓްރީއާއި އިންޑިއާއާ އެކު ކުރި މަސައްކަތުން ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މީގެ ކުރިން ފޮރިން މިނިސްޓްރީންވަނީ އިންޑިއާގެ 16 ސިޓީއަކުން 234 ދިވެއްސަކު މިއަދު ރާއްޖެ އަންނާނެ ކަމަށް ބުނެފައެވެ. އަދި މި މީހުން ރާއްޖެ ގެނައުމަށް ހަމަޖައްސާފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓެއްގައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

މި ދެ ފުލައިޓުން އަންނަ އެންމެން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ބޭތިއްބުމަށް ވަނީ ނިންމާފައެވެ.