އިތުރު 27 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޖުމުލަ އަދަދު 862 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ދާދި ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު 13:00 ގެ ނިޔަލަށް ކޮވިޑް 19ގެ އިތުރު 27 ކޭސް ފެނިފައިވާ ކަމަށެވެ.
މި 27 ކޭސްގެ ތެރޭގައި ހިމެނެނީ ދިވެހިންގެ އިތުރުން ބަންގްލަދޭޝް މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ 9 ދިވެހިންނާއި 18 ބަންގްލަދޭޝް މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 30 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މަރުވި ދެމީހެއްގެ ޓެސްޓުތައް ހެދުމުން އެދެމީހުްނ ކޮވިޑަށް ޕޮޒިޓިވްކަން ވަނީ އެނގިފަ އެވެ. މީގެ އިތުރުން ކޮވިޑު ޖެހިގެން ފަރުވާދެމުން އައި މީހަކުވެސް ވަނީ މަރުވެފަ އެވެ. މި ތިން މީހުންގެ ތެރޭން އެކަކީ ބަންގްލަދޭޝް ރައްޔިތެކެވެ. އަނެއް ދެމީހުންނަކީ ދިވެހީންނެވެ.