މިންހާ ފާއިޒް ރަޝާދު
މިދިޔަ ޑިސެމްބަރުގައި ޗައިނާގެ ވޫހާނުން ފެތުރެންފެށި ބަލި، ކޮވިޑް19 ހަތަރު މިލިއަނަށްވުރެ ގިނަ މީހުނަށް ޖެހިއްޖެއެވެ.
ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި ކޮވިޑް19، 212 ގައުމަކަށް ފެތުރިފައިވާއިރު ދެލައްކަ ވިހިހާހަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 1.3 މިލިއަން މީހުންނަކީ އެމެރިކާއިން ޕޮޒިޓިވް ވި މީހުނެވެ. އެގައުމުގައި 78،000 އަށްވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ.
މިހާތަނަށް އައި އިރު 1.4 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މިބަލީން ރަނގަޅުވެފަ އެވެ.
ރާއްޖޭގައި ވެސް ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 790 އަށް އަރާފައިވާއިރު އޭގެ ތެރެއިން ތިން މީހުން ވަނީ މަރުވެފައެވެ.