ކުއްލި ޚަބަރު

އިތުރު ދިހަ މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 744 އަށް

އިތުރު ދިހަ މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 744 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި ދިހަ މީހުންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ ހަ މީހަކާއި ހަތަރު ދިވެއްސެއް ކަމަށެވެ.

އިތުރު ދިހަ މީހަކު ޕޮޒިޓިވްވުމާއެކު މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 96 އަށް އަރައިފައެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 73 މީހަކާއި 18 ދިވެއްސަކާއި އިންޑިއާގެ ތިން މީހަކާއި ސްރީލަންކާގެ މީހަކާއި ނޭޕާލުގެ މީހެކެވެ.

މިހަފްތާ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވީ މިއަދުއެވެ.

ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައިވަނީ ތިން މީހެކެވެ. އެއީ ދެ ދިވެހިންނާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. ރާއްޖޭގައި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވަނީ 20 މީހެކެވެ.