އިންޑިއާގެ އަވަށެއްގައި ގޭސް ލީކުވެ 12 މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ވިސާކަޕަތުނަމް އަވަށުގައި ހުންނަ އެލްޖީ ޕޮލިމާސްގެ ކެމިކަލް ޕްލާންޓުން ގޭސް ލީކުވެ ހިނގި މިހާދިސާގައި 350 މީހުންނަށް ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ. އޭގެތެރެއިން 120 މީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނައިރު އެ އެންމެންގެ ހާލުވެސް ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.
އެއަވަށުގެ މީހުން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު ހޭލިއިރު މުޅި ގޭތެރެއިން ގަދަ ވަހެއް ދުވަން ފެށިކަމަށާއި ލޮލުން ދިލަނަގައި ނޭވާއަށް އުނދަގޫ ވާން ފެށި ކަމަށެވެ.
ގޭސް ލީކުވުމަށް މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާއިރު އެކުންފުނިން ބުނެފައިވަނީ ލޮކްޑައުނަށް ފަހު އެ ޕްލާންޓް ހުޅުވި ފުރަތަމަދުވަހު ގޭސް ލީކުވީ ކަމަށާއި ތަހުގީގަށްފަހު ސީދާ ސަބަބު ހޯދާނެކަމަށެވެ.
ގޭސް ލީކުވުން ހުއްޓުވާފައިވާއިރު އަދިވެސް އެސަރަހައްދުގައި ވަސް ދުވާކަމަށް ފުލުހުން ބުނެއެވެ.