ކޮވިޑް 19

އިތުރު 86 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ ރާއްޖޭގެ ޖުމުލަ 734 އަށް އަރައިފި

މަރިޔަމް ޝަހުދާ

އިތުރު 86 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ ރާއްޖޭގެ ޖުމުލަ 734 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 67 ބަންގްލަދޭޝް މީހަކާއި 14 ދިވެއްސަކާއި ތިން އިންޑިއާ މީހަކު އަދި ސްރީލަންކާގެ މީހަކާއި ނޭޕާލްގެ މީހެއް ކަމަށެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މި 86 މީހުންގެ ތެރޭގައި، އެޗްޕީއޭއިން މޮނީޓާ ކުރަމުން އަންނަ ތަންތަނުގެ އިތުރުން ނާޒުކު ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ގޭގެއިން ޕޮޒިޓިވްވި މީހުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހަފްތާ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވީ މިއަދުއެވެ.

ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައިވަނީ ތިން މީހެކެވެ. އެއީ ދެ ދިވެހިންނާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. ރާއްޖޭގައި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވަނީ 20 މީހެކެވެ.