ދުނިޔެ

ޕޭރޫގެ އެޖްރިކަލްޗާ މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޕޭރޫގެ މިނިސްޓަރު އޮފް އެޖްރިކަލްޗާ ޖޯޖް މޮންޓެނެގްރޯ، ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޖޯޖް ޕޮޒިޓިވް ވިކަން އާންމުކުރީ ބުދަ ދުވަހު އެ މިނިސްޓްރީގެ ފަރާތުން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އިތުރަށް ބުނީ މިވަގުތު މިނިސްޓަރު ހުންނެވީ އައިސޮލޭޝަނުގައި ކަމަށާއި، ޑޮކްޓަރުންގެ ލަފައާއި އިރުޝާދާއެކު އަވަަހަށް ފަސޭހާ ވާނެ ކަމުގެ އުންމީދު ކުރާކަމަށެވެ.

މިނިސްޓަރު ޖޯޖް ވަނީ ކާބޯތަކެތީގެ މާރުކޭޓުތަކާއި، ކޮވިޑްގެ 19 ގެ ފެސިލިޓީ ތަކަށް އެކި ވިޔަފާރިވެރިންނަށް އެހީވުމަށް ޒިޔާރަތްކުރައްވާފައި ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުން ޕޮޒިޓިވް ވީ ކޮންތާކުންކަން ބުނަން ނޭނގޭކަމަށް ވެއެވެ.

ޕޭރޫގައި 54000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 1500 މީހުން ވަނީ މަރުވެފައެވެ.