އަލީ ޔާމިން
ފިރިހެން ކުއްޖަކާ އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި އުތުރުގެ ރަށަކުން މީހަކު ހައްޔަރުކޮށްފިއެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެރަށުގެ ގެއެއްގެ ތެރޭގައި އެ ކުއްޖާއާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް އެރަށުގެ އާންމު ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ.
އެނގިފައިވާ ގޮތުގައި އެމީހާ އަތުލައިގެންފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށެވެ.
އެ މީހާ ކުޑަކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ގެއިން ނެރެގެން ގެންދިޔަ ވަގުތު ނަގާފައިވާ ވީޑިއޯތައް މީސް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ.
އިތުބާރު ހިފޭ މަސްދަރަކުން "ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ކުޑަކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް މިރޭ ހައްޔަރުކޮށްފައިވަނީ ހއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އަދި އޭނާގެ ދެ އަނބިންވެސް ތިބެއެވެ.
މި މައްސަލައާ ގުޅިގެން އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް މިކަމާ ބެހޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.