ކުއްލި ޚަބަރު

އިތުރު ހަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގެ ޖުމުލަ އަދަދު 648 އަށް އަރައިފި

އިތުރު ހަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގެ ޖުމުލަ އަދަދު 648 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި ހަ މީހުންގެ ތެރެއިން ދެ މީހުންނަކީ ދިވެހިން ކަމަށެވެ. ދެން ހިމެނެނީ ދެ ބަންގުލަދޭޝް މީހުންނާއި އިންޑިއާގެ ދެ މީހެކެވެ.

މި ހަ މީހުންނާއެކު މިއަދުގެ މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 30 މީހެކެވެ. މިއަދު މިއަދު ޕޮޒިޓިވްވި 24 މީހުންނާއެކުއެވެ. އެ 24 މީހުންގެ ތެރެއިން 20 މީހަކީ ބަންގުލަދޭޝްގެ މީހުން ކަމަށެވެ. ދެން ހިމެނެނީ ތިން ދިވެއްސަކާއި އިންޑިއާގެ މީހެކެވެ.

މި ހަފުތާގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވީ އިއްޔެއެވެ. އިއްޔެ 45 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައިވަނީ ދެ މީހެކެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. ރާއްޖޭގައި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވަނީ 20 މީހެކެވެ.