ކޮމިޔުނިޓީ ތެރެޔަށް ބަލި ފެތުރިފައިވާ ގޮތުގެ އަސްލު މަންޒަރު އަަދި ނުފެންނަ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ލޮކްޑައުންގެ ފުރަތަމަ 14 ދުވަސްތެރޭ ގިނައިން ފެނިފައިވަނީ ކުރިން ބައްޔަށް ހުށަހެޅުނު މީހުން ކަމަށެވެ.
"އަދިވެސް ކޮމިއުނިޓީ ޓްރާންސްމިޝަންގެ ޓްރޫ ޕިކްޗާއެއް ނުއެއް ލިބޭ. އެއީ އެންމެ ހަފުތާއެއް މިދިޔައީ ލޮކްޑައުންގެ 14 ދުވަސް ފަހުން. އެ 14 ދުވަސްތެރޭ ގިނައިން ފެނިފައި މި ހުންނަނީ އޭގެ ކުރިން އެކްސްޕޯސްވެފައި ހުރި މީހުން،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ އެއްތަނެއްގައި ދިރިއުޅޭ މީހުންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ހަލުވި ކަމަށާއި އެމީހުންގެ ތެރޭގައި ބައްޔަށް ހުށަހެޅޭ މިންވަރާއި ބަލި ފެތުރޭ މިންވަރު ވެސް އިތުރުވާ ކަމަށެވެ.
"ދެ ވައްތަރެއްގެ އާބާދީއެއްގެ ތެރެއިން ކޭސްތައް ފެންނަމުންދާކަން ފާހަގަކުރެވޭ. ފުރަތަމަ ގްރޫޕަކީ ގިނަ ބަޔަކު އެއްތަނެއްގައި އުޅޭ ސިޗުއޭޝަންގައި އުޅެމުންދާ މީހުން. އެމީހުންގެ ތެރޭގައި ތަންކޮޅެއް ހަލުވިކޮށް ބަލި ފެތުރެމުންދަނީ. އެމީހުންގެ ތެރޭގައި ބައްޔަށް އެކްޕޯސްވާ މިންވަރާއި ބަލި ފެތުރޭ މިންވަރު ވެސް އިތުރު." އޭނާ ވިދާޅުވިއެވެ.