އިތުރު 24 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 642 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި 24 މީހުންގެ ތެރެއިން 20 މީހަކީ ބަންގުލަދޭޝްގެ މީހުން ކަމަށެވެ. ދެން ހިމެނެނީ ތިން ދިވެއްސަކާއި އިންޑިއާގެ މީހެކެވެ.
މިއަދުގެ މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 24 މީހެކެވެ. މި ހަފުތާގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވީ އިއްޔެއެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ 45 މީހެކެެވެ.
ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައިވަނީ ދެ މީހެކެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. ރާއްޖޭގައި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވަނީ 20 މީހެކެވެ.