ދުނިޔެ

ބްރެޒިލް ރައީސްގެ ތަރުޖަމާނު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބްރެޒިލްގެ ރައީސް، ޖަޔާރު ބޮލްސޮނާރޯގެ ރަސްމީ ތަރުޖަމާނު، ޖެން އޮޓަވިއޯސަންޓާނާ ޑޯ ރެގޯ ބަރޯސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ތަރުޖަމާނުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ އޭނާ ޓެސްޓު ކުރީ ހޯމަ ދުވަހުކަމަށާއި ޕޮޒިޓިވްވިކަން އެނގުނީ އަންގާރަދުވަހު ކަމަށެވެ. މިވަގުތު ތަރުޖަމާނު ހުންނެވީ ގޭގައި ކަމަށާއި ހާލު ރަނގަޅުކަމަށްވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރެގޯގެ ހަށިގަނޑުން ބަލީގެ އަލާމާތެއްވެސް ނުފެންނަ ކަމަށެވެ. މިކަމާ ގުޅިގެން އެގައުމުގެ ރައީސް ޓެސްޓު ކުރެއްވި ކަމެއް ނުވަތަ ތަރުޖަމާނާ ކޮންޓެކްޓްވިކަމެއް ވެސް ބަޔާނުގައި ބުނެފައެއް ނުވެއެވެ.

ބްރެޒިލްގައި ކޮވިޑް19 އަށ 012600އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު 8500އަށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ. 51000 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.