ކުއްލި ޚަބަރު

ސޮނޭވާ ޖާނީ ރިސޯޓުގައި މުވައްޒަފަކު މަރުވެފައި އޮއްވައި ފެނިއްޖެ

ސޮނޭވާ ޖާނީ ރިސޯޓުގައި އެ ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ މިރޭ 8:30 ހާއިރު ނ. ސޮނޭވާ ޖާނީ ރިސޯޓުގައި މަސައްކަތްކުރާ މީހަކު މަރުވެފައި އޮއްވައި ފެނިފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކީ ސޮނޭވާ ޖާނީ ރިސޯޓުގެ މުވައްޒަފަކު އެ ރިސޯޓުގެ ވިލާއެއްގައި މަސައްކަތްކުރަނިކޮށް މޫދަށް ވެއްޓި މަރުވެފައި އޮއްވައި ފެނިފައިވާ މައްސަލަ ކަމަށާއި އެ ހާދިސާގައި މަރުވެފައިވަނީ ބަންގުލަދޭޝްގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.