ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަލާމާތް ހުރި މީހުނަށްވުރެ އަލާމާތް ނެތް މީހުން ގިނަވެއްޖެ

1

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަލާމާތް ހުރި މީހުނަށްވުރެ އަލާމާތް ނެތް މީހުން ގިނަވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ފެނިފައިވާ ކޭސްތަކުގެ ތެރެއިން ވެސް އަލާމާތް ހުރި މީހުންގެ އަދަދު މަދު ކަމަށެވެ.

"އެސިމްޓަމެޓިކްގެ އަދަދު، ސިމްޓަމެޓިކަށް ވުރެ ގިނަ. މާނައަކީ ފެނިފައިވާ ގިނަ ކޭސްތަކަކީ އެއްވެސް އަލާމާތެއް ނުފެންނަ ކޭސްތައް،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މި ފަހަކަށް އައިސް ބޮޑު ކްލަސްޓާއެއް ފެނިފައި ނުވާ ކަމަށާއި އެހެންނަމަވެސް ބޮޑު ކްލަސްޓާއެއް ނުފެންނާނެ ކަމުގެ ޔަގީންކަމެއް ދެވެން ނެތް ކަމަށެވެ. އަދި ޕޮޒިޓިވްވާ ބަންގުލަދޭޝް މީހުންގެ އަދަދު އަދިވެސް އިތުރުވަމުންދާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އިތުރު 45 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 618 އަށް އަރައިފައެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 20 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ދެ މީހަކު ވަނީ މަރުވެފައެވެ. މަރުވެފައިވަނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގުލަދޭޝްގެ ފިރިހެނެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟