އިތުރު 44 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 618 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ހަވީރު 4:30އާ ހަމައަށް ޕޮޒިޓިވްވި އެ 44 މީހުންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 34 މީހަކާއި އަށް ދިވެހިންނާއި ދެ އިންޑިއާ މީހުން ކަމަށެވެ.
މި މީހުންގެ ތެރޭގައި ބިދޭސީން ގިނަ އަދަދަކަށް އުޅޭ ތަންތަނުގައި ދިރިއުޅޭ މީހުން ވެސް ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މި މީހުންނާއެކު މިއަދުގެ މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 45 އަށް އަރައިފައެވެ. އަދި މިއީ ވޭތުވެދިޔަ ފަސް ދުވަސް ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަހެވެ.
ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައިވަނީ ދެ މީހެކެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. ރާއްޖޭގައި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވަނީ 20 މީހެކެވެ.