އިތުރު މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 574 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު ބަންގްލަދޭޝް މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއަދު 11:30 ގެ ނިޔަލަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއާއެކު ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވި ޖުމުލަ މީހުންގެ އަދަދު 574 އަށް އަރާފައިވާއިރު، ރާއްޖޭގައި މިބަލި ޖެހުނު ދެމީހަކު ވަނީ މަރުވެފައެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ.
ރާއްޖޭގައި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވަނީ 20 މީހެކެވެ.