ދުނިޔެ

އެމެރިކާ އާއި ޖަރުމަނުގެ ކުންފުންޏެއް ގުޅިގެން އުފައްދާ ވެކްސިނެއް އިންސާނުންގެ ގައިގައި ޓެސްޓުކުރަން ފަށައިފި

އަލީ ޔާމިން

އެމެރިކާގެ ކުންފުންޏެއްކަމަށްވާ "ޖެއިންޓް" ޕްފިޒާ" އާއި ޖަރުމަނުވިލާތުގެ ބަޔޯ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ "ބަޔޯއެންޓެކް" ގުޅިގެން އިސްނާނުން ބޭނުންކޮށްގެން ކޮވިޑް 19ގެ ވެކްސިނެއް ޓެސްޓު ކުރަން ފަށައިފިއެވެ.

ވެކްސިން ޓެސްޓް ކުރުމުގެ ޕްރޮގްރާމް އެ ކުންފުނިތަކުން ފަށާފައިވާއިރު، އެ ޕްރޮގްރާމަށް އެކުންފުނިތަކުން ދީފައިވާ ނަމަކީ "ބީއެންޓީ162" އެވެ.

ޖަރުމަނުގައި ވަނީ އެ ވެކްސިން އިންސާނުންނަށް ދީގެން ޓެސްޓު ކުރުން މިދިޔަ ހަފްތާގެ ތެރޭގައި ފަށައިފައެވެ. އަދި އެމެރިކާގެ ނިއުޔޯކްގައި ހުންނަ ގްރޮސްމަބް ސްކޫލު އޮފް މެޑިސިން އަދި ޔުނިވާސިޓީ އޮފް މަރީލޭންޑް ސްކޫލް އޮފް މެޑިސިންގައި އަންނަނީ އިސްނާނުން ބޭނުންކޮށްގެން ކޮވިޑުގެ ވެކްސިން ޓެސްޓު ކުރަމުންނެވެ.

އެ ކުންފުނިތަކުން ބުނީ ވެކްސިން ދިނުމުގެ ފުރަތަމަ މަރުހަލާގައި ބަލާނީ އެ ވެކްސިނަކީ ރައްކާތެރި އަދި އޭގެން ނަތީޖާ ފެންނަ ވެކްސިނެއްތޯއެވެ. އެގޮތުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުން ވަނީ ވެކްސިން ދިނުމުގެ ޓްރަޔަލްގައި ބައިވެރިވެފައި ކަމަށް އެކުންފުނިތަކުން ބުނެއެވެ.

މި ދެ ކުންފުނީގެ އިތުރުން، އޮކްސްފޯޑް ޔުނިވާސިޓީ އާއި އެމެރިކާގެ ނޭޝަނަލް އިންސިޓިއުޓް އޮފް ހެލްތުން ވަނީ ކޮވިޑަށް ވެކްސިނެއް އުފައްދައި އިންސާނުން ބޭނުންކޮށްގެން ޓެސްޓް ކުރަން ފަށައިފައެވެ.