ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވި ބަންގުލަދޭޝް މީހެއްގެ ހާލު ސީރިއަސްވެއްޖެ

އަލީ ޔާމިން

ކޮވިޑަށް ޕޮޒިޓިވްވި ބަންގުލަދޭޝް މީހެއްގެ ހާލު ސީރިއަސްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެމީހާގެ ހާލު ދެރަވެގެން އައިޖީއެމްއެޗްއަށް ބަދަލުކޮށް ފަރުވާދެމުން އަންނަ ކަމަށެވެ.

ކޮވިޑް 19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަސް މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11ގައި ހުންނަ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަން ކުރިން އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން އެކަކު ވަނީ ވެންޓިލޭޓަރަށް ލައިފައެވެ. އަދި ދެމީހުންނަށް އޮކްސިޖަން ދޭން ޖެހޭއިރު އެހެން މީހުންގެ ހާލު ސްޓޭބަލް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 551 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 191 ދިވެއްސަކާއި 360 ބިދޭސީއެކެވެ.

ރާއްޖެއިން އެންމެ ގިނައިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ މީހުންނެވެ. އެގޮތުން އެގައުމަށް ނިސްބަތްވާ 282 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ ރާއްޖޭގައި ބަލި ޖެހުނު މީހުންގެ 51 އިންސައްތައެވެ.