އެމްއެންޑީއެފް

ދިވެހި ސިފައިން ވެންޓިލޭޓަރެއް އުފައްދައިފި

2

ނޭޝަނަލް އިމަޖެންސީ ސެންޓަރަށް ބޭނުންވާ އިމަޖެންސީ ވެންޓިލޭޓަރެއްް އެމްއެންޑީއެފުން އުފައްދައިފި އެވެ.

މި ވެންޓިލޭޓަރު އުފައްދާފައި ވަނީ އެމްއެންޑީއެފްގެ ސާވިސް ކޯޕްސް ގެ ސިގްނަލްސް ގެ ފަރާތުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ވެންޓިލޭޓަރު އުފެއްދުމުގެ މަސައްކަތް ސިގްނަލް އިން ފަށާފައިވަނީ 18 އޭޕްރީލް 2020 ވަނަ ދުވަހު ކަމަށާއި ހަލާކުވެފައިވާ ބައެއް އިލެކްޓްރޯނިކް ސާމާނުގެ ބައިތައް ބޭނުންކޮށްގެން މި ވެންޓިލޭޓަރު އުފެއްދުމުގެ މަސައްކަތް ނިންމާފައި ވަނ 14 ދުވަހުން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިއަދު ބީކޭ އޮޑިޓޯރިއަމްގައި ވެންޓިލޭޓަރު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ވައިސްޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ތައްޔާރު ކުރި އިމަޖެންސީ ވެންޓިލޭޓަރަކީ ޕްރޮޓޯޓައިޕް އަކަށް ވުމުން މިފަދަ މެޑިކަލް ޑިވައިސްތައް ބޭނުން ކުރުމުގެ ކުރިން، ހަމަޖެހިފައިވާ އުސޫލުން ޓެސްޓްތަކާއި ޓްރައަލްސްތައް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟