ރާއްޖޭގައި އުމުރުން 87 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
އޭނާ ވެގެންގޮސްފައި މިވަނީ މިހާތަނަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި އެންމެ އުމުރުން ދުވަސްވީ މީހާއަށެވެ.
އޭނާއަކީ ރާއްޖޭގައި އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވި ދިހަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާގެ އިތުރުން މިއަދު ކުރިން ވަނީ 80 އަހަރުގެ ދިވެހި އަންހެނަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ 80 އަހަރުގެ މީހާއަކީ މަނަދޫން ޕޮޒިޓިވްވި މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ އަންހެނަކު ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މަރުވެފައެވެ. އޭނާ ކޮވިޑަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ ނަތީޖާ ލިބުނީ އޭނާ މަރުވި ފަހުންނެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާދެމުން އަންނަ މީހުންގެ ތެރޭގައި ވެސް ދުވަސްވީ މީހަކު ހިމެނެއެވެ. އޭނާއަކީ 80 އަހަރުގެ މީހެކެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑަށް 491 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ.