ދުނިޔެ

ބޮލީވިއާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 17 މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

ބޮލީވިއާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 17 މީހުން މަރުވެއްޖެއެވެ.

ބޮލީވިއާގެ ފަރުބަދަމަތީ ސަރަހައްދެއްގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވީ ގަވާއިދާ ހިލާފަށް ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ދެބަސް ޖެހިގެންނެވެ.

މިހާދިސާގައި 17 މީހުން މަރުވިއިރު 10 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. ބޮލީވިއާގެ ފުލުހުން ބުނީ މި ހަދިސާގައި ދެބަސް ވެސް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ.

ބޮލީވިއާގެ ފަޔަރ ފައިޓަރުން ބުނީ އެމީހުންނަށް އެކްސިޑެންޓް ވި ސަރަހައްދަށް ދެވުނު އިރު މީހުން ތިބީ ބަހުގެ ތެރޭގައި ތާށިވެފައި ކަމަށެވެ.

ބޮލީވިއާއަކީ ނުރައްކާތެރި އެކްސިޑެންޓްތައް ގިނަ ގައުމެކެވެ. އެގައުމުގެ ފަރުބަދަމަތީ ސަރަހައްދުތަކުގެ މަގުތައް ހަނިވުމާއި ފަރުބަދަމަތިން ޖެހޭ ގަދަ ވައިގެ ސަބަބުން ގިނަ ހާދިސާތައް ހިނގާފައިވާ ކަމަށް ރިޕޯޓު ތަކުން ބުނެއެވެ.