އެމްއެންޑީއެފް

އެމްއެންޑީއެފް އާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް އިންޑިއާގެ މަނަވަރެއް އަތުވެއްޖެ

މުހައްމަދު އައުޒަމް

އެމްއެންޑީއެފް އާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް އިންޑިއާގެ މަނަވަރެއް އަތުވެއްޖެއެވެ.

އިންޑިއަން ނޭވަލް ޝިޕް (އައިއެންއެސް) "ރަނާ" ރާއްޖެއަށް ކުރާ މި ދަތުރުގައި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަވައިލަންސް ޕެޓްރޯލަކީ ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއްކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މިސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕެޓްރޯލް ނިންމާލުމަށްފަހު އައިއެންއެސް "ރަނާ" ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު އެވެ.