ބާވެ އަދި ހަލާކުވެފައިވާ 12500 އަށްވުރެ ގިނަ މުސްހަފު ނައްތާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ނައްތާލުމަށްޓަކައި 12500 އަށްވުރެ ގިނަ މުސްހަފު ލިބިފައިވާ ކަމަށެވެ.
އެ މުސްހަފުތައް ނައްތާލުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްއާ ގުޅިގެން މުސްހަފު ނައްތާލުމުގެ ޝަރުއީ މިންގަނޑުގެ ތެރޭގައި ދީނީ އިލްމުވެރީންގެ ބެލުމުގެ ދަށުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މަސައްކަތަކީ އެ މިނިސްޓްރީން ވަރަށް އިސްކަމެއް ދީގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަމަށާއި ކުރިއަށްއޮތް ތަނުގައި އަތޮޅުތެރޭގައި ވެސް އެފަދަ ޕްރޮގްރާމުތައް ރާވައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.