ކުއްލި ޚަބަރު

ނަރުދޫން ޕޮޒިޓިވްވި މީހުން ދޮނަކުޅިއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

މަރިޔަމް ޝަހުދާ

ށ. ނަރުދޫން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުން ދޮނަކުޅިއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހެން ވިދާޅުވެފައިވަނީ ކޮވިޑް 19އާ ގުޅޭ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒެވެ.

މަބުރޫކު ވިދާޅުވީ ނަރުދޫން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުން ދޮނަކުޅި ކަރަންޓީނު ފެސިލިޓީއަށް ބަދަލު ކުރުމުގެ މަސައްކަތްތައް ރާވައި، އެކަންކަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ނަރުދޫއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހުންނަކީ މިމަހުގެ 16 އިން ފެށިގެން ހޯމް އައިސޮލޭޝަންގައި ތިބި މީހުންނެވެ. އެ މީހުންނަކީ ށ އަތޮޅަށް ދަތުރުކުރި އަމާޒު ބޯޓުގެ ކައްޕިއާއި ގުޅުން ހުރި މީހުންނެވެ.