އިތުރު އަށް މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެ ރާއްޖޭގެ ޖުމުލަ 277 އަށް އަރައިފިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބުރޫކު ވިދާޅުވީ ފާއިތުވި 24 ގަޑިިއިރުގެ ތެރޭ ކޮވިޑް 19ގެ 27 އާ ކޭސްއެއް ރާއްޖެއިން ފެނިފައިވާ ކަމަށެވެ. އަދި މިއާއެކު ޕޮޒިޓިވް ވި މީހުންގެ ޖުމުލަ އަދަދު 277 އަށް އިތުރު ވެފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި 152 ބިދޭސީން ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ޕޮޒިޓިވް ވި ދެމީހަކު ތިބީ ރާއްޖެއިން ބޭރުގައި ކަމަށާއި، ރާއްޖެއިން 17 މީހަކު މިބަލިން ރަނގަޅުވެފައިވާކަން މަބުރޫކު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ޕޮޒިޓިވް ވި ކޭސްތަކާއި ގުޅިގެން 3775 ކޮންޓެކްޓެއް ފާހަގަ ކުރެވިފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި މިކަމާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ 277 ތަނެއް ކަމަށް މަބުރޫކު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް 19 ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާއިރު، ސަރުކާރުން ވަނީ މުޅި ރާއްޖެ ލޮކްޑައުންގެ ހާލަތަށް ގެނެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތަށް ނިންމާފައެވެ. އަދި މާލެ ސަރަހައްދުގެ ލޮކްޑައުން މުއްދަތު މިހާރު ވަނީ އިތުރު 14 ދުވަހަށް އިތުރު ކޮށްފައެވެ.