ކުއްލި ޚަބަރު

ކާބޯތަކެތީގެ ދަތިކަން ހުރި 150 މީހަކަށް މިދިޔަ 24 ގަޑިއިރު ތެރޭ އެހީތެރިކަން ފޯރުކޮށްދީފި

އަލީ ޔާމިން

ކާބޯތަކެތީގެ ދަތިކަން ހުރި 150 މީހަކަށް މިދިޔަ 24 ގަޑިއިރު ތެރޭ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ޖެންޑާ މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެކި ގޮތްގޮތުން މަގުމަތިވެފައިވާ ފަރާތްތަކާއި، ކޮވިޑާ ގުޅިގެން އެހީތެރިކަން ބޭނުންވެފައިވާ ޖުމްލަ 149 މީހަކަށް ބޯހިޔާވަހިކަމާއި، ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އޭގެ ތެރެއިން 87 މީހުން މިހާރުވެސް ފެސިލިޓީތަކުގައި އެބަތިބި ކަމަށާއި އެމީހުންނަށް ބޭނުންވާ ކާނާއާއި ބޯހިޔާވަހިކަން ވީވަރަކުން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އެހީތެރިކަން ބޭނުންވާ އެހެން މީހުންވެސް ޖެންޑާ މިނިސްޓްރީއަށް ނުވަތަ މާލޭ ސިޓީ ކައުންސިލަށް ގުޅުމުން އެކަންކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 153 މީހަކަށް ކާބޯތަކެތީގެ ދަތިކަން ހުރެގެން ކާބޯތަކެތި ފޯރުކޮށްދީފައިވާނެ ކަމަށެވެ.

"153 މީހަކަށް ކާބޯތަކެތީގެ ދަތިކަން ހުރެގެން ކާބޯތަކެތި ވާނީ ފޯރުކޮށްދީފައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި،" މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑުގެ ސަބަބުން އެކި ގޮތްގޮތުން ބިކަވެފައިވާ މީހުންނަށް ޖެންޑާ މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހިފައިވާ ދެ އާއިލާއެއްވެސް ހިމެނެއެވެ.