ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އެއްރަށުން އަނެއްރަށަށް ދަތުރު ކުރުން މަނާ ކޮށްފައިވަނިކޮށް، ހދ.ކުރިނބީން އެއަތޮޅު ކުޅުދުއްފުށްޓަށް ކެނޯއެއްގައި ދިޔަ ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިދެމީހުން ކުޅުދުއްފުށްޓަށް ކެނޯގައި ގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ކުޅުދުށްފުށި އެއާޕޯޓު ސަރަހައްދުން މި ދެމީހުން ހައްޔަރު ކޮށްފައިވަނީ 23:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ދެ ދިވެހިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެއީ 28 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ.
މީގެ ކުރިން ހދ. ނޮޅިވަރަމުން ވެސް ދެމީހަކު ވަނީ ކެނޯގައި ގޮސް ކުޅުދުއްފުއްޓަށް އަރާފައެވެ. މި ދެމީހުންވެސް ކުޅުދުއްފުށްޓަށް އެރުމަށް މަސައްކަތް ކޮށްފައިވަނީ އެއްރަށުން އަނެއް ރަށަށް އެރުން މަނާކޮށްފައިވަނިކޮށް ހުއްދަ ނުހޯދައެވެ.