ފުލުހުންނަށް މަރުގެ އިންޒާރުދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް މަރުގެ އިންޒާރުދީ ބިރު ދައްކައި އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މައްސަލައިގައި ރޭ ދަންވަރު 2:33 ހާއިރު އުމުރުން 30 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮ، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ގެންދިއުމުން، އެތަނުން އެކަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށާއި އަނެއް މީހާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ފުލުހުންނަށް މަރުގެ އިންޒާރު ދޭ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ ސައިކަލެއްގައި އައި ދެ މީހަކު މަގުމަތީގައި ހަރަކާތްތެރިވަމުންދިޔަ ފަސް ވަރަކަށް ފުލުހުންނާ ޒުވާބުކުރާ ތަނެވެ. އަދި އެތަނުން ސައިކަލުގައި ދެމުން މަރުގެ އިންޒާރުދޭ ތަން ފެނެއެވެ.