ކޮވިޑް 19 ޖެހިގެން ދުނިޔޭގައި މަރުވި މީހުންގެ އަދަދު ދެ ލައްކައަށް އަރައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ފެތުރެން ފެށި ކޮވިޑް 19 ދުނިޔޭގެ 210 ގައުމަކަށް ފެތުރިފައިވާއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ތިން މިލިއަނަށް އަރަން ވަނީ ކައިރިވެފައެވެ. އަދި 838،000 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެގައުމުން އެކަނި ވެސް 50،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައިވާއިރު ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނާއި ސްޕެއިނުންނެވެ.
އެގޮތުން އިޓަލީން މިހާތަނަށް 26،00 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ސްޕެއިނުން މަރުވެފައިވަނީ 22،000 މީހުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތުން ވެސް ވަނީ އެގައުމުގައި ބަލީގައި މަރުވި މީހުންގެ އަދަދު 20،000 އިން މައްޗަށް ގޮސްފައިވާކަން ހާމަކޮށްފައެވެ.
ފްރާންސްގައި ކޮވިޑް ޖެހުނު 22،000 އަށްވުރެ ގިނަ މީހުން މަރުވެފައިވީ ނަމަވެސް އެގައުމުގެ ހެލްތު އޮފިޝަލުން ވަނީ މިހާރު ބަލީގައި ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު މަދުވެފައިވާކަން ހާމަކޮށްފައެވެ.