ދުނިޔެ

ސެމްސަންގް އިން ސިއްހީ ދާއިރާތަކުގެ މަސައްކަތްތެރިންގެ ފޯނު ހިލޭ މަރާމާތުކޮށްދެނީ

މުހައްމަދު އައުޒަމް

ސެމްސަންގް އިން ސިއްހީ ދާއިރާތަކުގެ މަސައްކަތްތެރިންގެ ފޯނު ހިލޭ މަރާމާތުކޮށްދޭން ނިންމައިފިއެވެ.

ސެމްސަންގް އަދި ގޫގުލް ގުޅިގެން ފައްޓާފައިވާ މި ޕްރޮގްރާމްގެ ދަށުން ކޮވިޑް ކަންކަމުގައި ހަރަކާތްތެރިވާ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ފޯނު ހަލާކުވެފައިވާ ނަމަ އެފޯނެއް ހިލޭ ހަދައިދިނުމަށް ވަނީ ނިންމައިފައެވެ.

ސެމްސަންގް އިން ވަނީ އެކުންފުނީގެ ފޯނުތައް މަރާމާތު ކުރުމުގައި ހުރިހާ ހިދުމަތެއް މުޅިން ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ތަޅައިގެން ގޮސްފައިވާ ސްކްރީން އަދި ބެޓަރީ ބަދަލުކުރުންވެސް ހިމެނޭ ކަމަށް ސެމްސަންގް އިން ވަނީ ބުނެފައެވެ.

ސެމްސަންގް އިން ބުނެފައިވަނީ މި ޕްރޮގްރާމަށް ޝަރުތު ހަމަވާނަމަ www.ubreakifix.com މެދުވެރިކޮށް ހިދުމަތަށް އެދެވޭނެ ކަމަށެވެ. މިޕްރޮގްރާމް ކުރިޔަށް ދާނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް ސެމްސަންގް އިން ވަނީ ބުނެފައެވެ.