ކުއްލި ޚަބަރު

ށ. ނަރުދޫގައި ހުރި މީހަކު ކޮވިޑަށް ޕޮޒިިޓިވް ވެއްޖެ

ށ. ނަރުދޫގައި ހުރި މީހަކު ކޮވިޑަށް ޕޮޒިިޓިވް ވެއްޖެ އެވެ.

ވަން "އަށް ކަށަވަރުވެފައިވާ ގޮތުގައި ނަރުދޫން ބައްޔަށް މިއަދު ޕޮޒިޓިވްވެފައި ވަނީ، މާލެ ދަތުރު ކުރާ ނަރުދޫ އަމާޒު ބޯޓުގެ ކައްޕި އެވެ. އެ ބޯޓު، މީހުންނާއި، މުދަލާއެކު މާލެއިން ފުރާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު 3:00 ހާއިރުއެވެ. އެއީ މާލެއިން ބައްޔަށް މީހަކު ޕޮޒިޓިވް ވެ މާލެ ލޮކްޑައުން ކުރުމުގެ ބައިގަޑިއިރެއްހާއިރު ކުރިންނެވެ.

އެނގިފައިވާ ގޮތުގައި އެ ބޯޓުން 150 އެއްހާ މީހުން ވަނީ ދަތުރުކޮށްފައެވެ. އަދި އެ ބޯޓު ނަރުދޫއަށް ގޮސްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ނަރުދޫއަށް ދިއުމުގެ ކުރިން އެ ބޯޓު ވަނީ ށ. މިލަންދޫ ށ. ފުނަދޫ އަދި ށ. ފީވަކަށް ވެސް ޖައްސާފައެވެ. އެ ބޯޓުން އެ އަތޮޅުތަކުގެ މީހުންގެ އިތުރުން ހދ އަތޮޅުގެ ބައެއް ރަށްރަށުންވެސް މީހުން ގޮސްފައިވާކަމަށް އެނގިފައި ވެއެވެ.

ޕޮޒިޓިވް ވި މީހާ އައިސޮލޭޝަނަށް ގެނައުމުގެ މަސައްކަތް ކުރުމަށް އެޗްޕީއޭގެ ޓީމެއް އެ ރަށަށް ގޮސް މިހާރު ވަނީ އެ މަސައްކަތް ފަށާފައެވެ. އެ މީހާ ޕޮޒިޓިވްވުމާ ގުޅިގެން ނަރުދޫގެ ބައެއް ގެތަށް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.