ނިޒާމުތަކަށް އޮބި އޮންނަވަރަށް ބަލީގެ ހާލަތު ހިފެހެއްޓޭނީ ވެސް އިރުޝާދުތަކަށް 70 ޕަސެންޓަށް އަމަލުކޮށްގެން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މާލޭގައި ކޮވިޑް 19 ފެށުމުގެ ކުރިން ދެމުން އައި އިރުޝާދުތަކަށް ވަރަށް ގިނަ ބަޔަކު ސަމާލުކަންދީ، އެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަމުން އައި ކަމަށެވެ. އާބާދީގެ މަދު ބައެއް ނަމަވެސް މި އިރުޝާދުތަކަށް އަމަލުނުކުރުމުން އޭގެން ނުކުންނަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަމަލުކުރަން ދީފައިވާ އިރުޝާދުތަކުގެ %75 އަށް އަމަލުކުރެވިގެން ނޫނީ ބޭނުންވާ ހާލަތުގައި ކުރިއަށް ނުދެވޭނެ ކަމަށާއި ބޭނުންވާ ހާލަތުގައި ކުރިއަށްދެވުން ވާނީ ނިޒާމުތަކާއި ނުބައްދަލު ހާލަތަކަށް ނުދީ ހިފެހެއްޓުމުން ކަމަށެވެ. އަދި އެކަން ވާނީ ތިމާގެ އަމަލުތައް ދީފައި ހުރި އިރުޝާދުތަކުގެ ތެރޭގައި ހިމެނިގެން ކަމަށާއި ހުރިހާ އެންމެންވެސް އަންގާފައިވާ އެންގުންތަކާއި ދީފައިވާ އިރުޝާދުތަކަށް އަމަލުކުރުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްގެންދިޔައިރު ގޭގައި ތިބެން އިރުޝާދުދިން މުއްދަތުގައިވެސް އެންމެ މީހެއްގެ ކޮންޓެކްޓްސް ވެސް 100 އިން މައްޗަށް ހުރިކަން ފާހަގަވި ކަމަށާއި މި ހާލަތުގައި ބަލަންވީ ކޮންމެ މީހެއްގެވެސް ކޮންޓެކްޓް ޓްރޭސިންގް ހަދާއިރު ކޮންމެހެން ބައްދަލުވާން ޖެހޭ މީހަކާ ނޫނީ ބައްދަލު ނުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއީ ކޮންމެ މީހެއްވެސް އަމިއްލަ ރައްކާތެރިކަމަށް ކުރުން މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަން ވާނީ އަމިއްލަ ފަރުދީ ޒިންމާ އަދާކޮށްގެންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.