ދުނިޔެ

ފޭސްބުކް އިން އެއްފަހަރާ 50 މީހުންނާ ވީޑިއޯކޯލް ކުރެވޭ "މެސެންޖާ ރޫމްސް" ތައާރަފް ކޮށްފި

މުހައްމަދު އައުޒަމް

އެއްފަހަރާ 50 މީހުންނާ ވީޑިއޯ ކޯލް ކުރެވޭ "މެސެންޖާ ރޫމްސް" ފޭސްބުކުން ތައާރަފު ކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު ލޮކްޑައުން ވެފައިވާ މިދަނޑިވަޅިގައި ވީޑިއޯ ކޯލްގެ ހިދުމަތަށް ޑިމާންޑް ބޮޑުވުމާއެކު ފޭސްބުކުން މިވަނީ ފޭސްބުކްގެ އެޕްތަކުގެ ވީޑިއޯ ކޯލިން ފީޗާ އިތުރަށް ފުރިހަމަކޮށްފައެވެ.

މާކް ޒަކަބަރގް "މެސެންޖާ ރޫމްސް" ތައާރަފް ކުރަނީ

ޕޭސްބުކުން ތައާރަފު ކޮށްފައިވާ "މެސެންޖާ ރޫމްސް" އިން އެއްފަހަރާ 50 މީހުންނަށް ވީޑިއޯ ކޯލް ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. ފޭސްބުކް މެސެންޖާ އަށް އިތުރު ވެފައިވާ މި ފީޗާއިން އެންމެން އެއްކޮށްގެން ރޫމެއް ހަދައިލެވެއެވެ. މި ރޫމްތައް ޕްރައިވެޓްކޮށް އަދި ޕަބްލިކޮ ކޮށް އެންމެނަށް ހުޅުވާލެވޭނެއެވެ. ޕަބްލިކް ރޫމްތަކަށް ބޭނުން ބަޔަކަށް ވަދެ ވީޑިއޯ ހިއްސާކުރެވޭނެ ކަމަށް ފޭސްބުކުން ބުނެއެވެ.

ފޭސްބުކުން ކޮންމެ އާކަމެއް ތައާރަފު ކުރުމުގައި ބޮޑު އިވެންޓެއް އަބަދުވެސް ބާއްވައެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ކަންކަމާހެދި މިއިވެންޓު ބާއްވާފައިވަނީ އޮންލައިން ކޮށެވެ.

"މެސެންޖާ ރޫމްސް"