ކުއްލި ޚަބަރު

އިތުރު މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 129 އަށް

އިތުރު މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 129 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރު 12 މީހަކު ޕޮޒިޓިވްވެފައިވާކަން ވަނީ އިއުލާންކޮށްފައެވެ. އަދި އޭގެ އިތުރުން ވެސް މީހަކު ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި މިވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓުގައި ބުނީ އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި 12 ދިވެހިންނާއި ބަންގުލަދޭޝްގެ މީހަކު ހިމެނޭ ކަމަށާއި އެމީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން 19 މީހަކު މިވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 129އަށް އަރާފައިވާ އިރު، އޭގެ ތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.