ދަރަންޏަށް ޒިންމާވުމުގެ ގާނޫނުގައި އިސްތިސްނާވާ ކަމަށް ބުނާ ދެ ހާލަތު ވެސް މިހާރު ވަނީ ދިމާވެފައިވާ ކަމަށް ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ މާލީ ހާލަތަށް އައިސްފައިވާ ބަދާލާ ގުޅިގެ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ކުރިއަށް އޮތް އެއް މަސްދުވަހަށް ދައުލަތުގެ ހިދުމަތްތައް ދިނުމަށް ބޭނުންވާ 4.2 ބިލިއަން ރުފިޔާ އެމްއެމްއޭއިން ނެގުމުގެ ހުއްދައަށްއެދި މަޖިލީހަށް ހުށަހެޅި މައްސަލައަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަމަށް އެދިފައިވަނީ ގާނޫނުގައި ބުނެފައިވާ ދެ ހާލަތަށްވެސް ގައުމުގައި މިހާރު އޮތް ހާލަތު ފެތޭތީއެވެ.
ގާނޫނުގައި ބުނެފައިވަނީ، މަރުކަޒީ ބޭންކުން ސަރުކާރަށް އޯވަޑްރޯ ކުރެވޭނީ ވޭތުވެދިޔަ ތިންއަހަރުގައި ސަރުކާރަށް ލިބުނު ޖުމުލަ އަމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެކެއް އިންސައްތައަށްވުރެ އިތުރު ނުވާ މިންވަރެއް ކަމަށެވެ. އެހެންކަމުން މިދަނޑިވަޅުގައި އެމްއެމްއޭއިން ސަރުކާރަށް ނެގޭނީ 200 ވަރަކަށް މިލިޔަން ރުފިޔާއެވެ.
ނަމަވެސް އެކަން އިސްތިސްނާ ކުރެވޭ ދެ ހާލަތެއްް ގާނޫނައި ބަޔާންކޮށްފައިވެއެވެ. އެއީ އިގްތިސާދަށް ބޮޑު ހީނަރުކަމެއް ދިމާވުން ނުވަތަ
ގުދުރަތީ ކާރިސާއެއް މެދުވެރިވުމެވެ.
ނަަވެސް އެ އިސްތިސްނާހާލައުގައި ސަރުކާރުން އިތުރަށް ފައިސާ ނަގާނަމަ ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ދަރަންޏަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. ގެ އިސްތިސްނާއަކަށް އެދި މަޖިލީހުން ހުއްދަ ދިނުމުންނެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ، މިހާރު މިއީ އާއްމު ހާލަތެއް ނޫން ކަމަށާއި، މިއީ ހާއްސަ ހާލަތެއް ކަމަށެވެ.