ކުއްލި ޚަބަރު

މިހާރު ފެންނަ ގޮތުން ރާއްޖޭގައި ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދާނެ: އަމީރު

1

މިހާރު ފެންނަ ގޮތުން ރާއްޖޭގައި ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ހިނގައިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މާލީ ހާލަތާ ބެހޭގޮތުން ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވީ، ކޮވިޑް 19 އާ ގުޅީގެން ގައުމީ އުފެއްދުންތެރިކަމުގެ ނިިސްބަތް 11.5 އިންސައްތައިން ދައްވާނެ ކަމަށް މިހާރު ލަފާ ކުރެވޭ ކަމަށެވެ.

ނޮމިނަލް ޖީޑީޕީން ބަލައި އެއީ 81 ބިލިޔަން ރުފިޔާ ކަމަށާއި، މި ކަމުގެ ސަބަބުން ވަޒީފާގެ ބާޒާރަށާއި އިންފްލޭޝަނަށް ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެކަމުުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރުތަކަށް ބަލާއިރު، ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދުތައް ދެނެގަންނާނެ ތަފާސްހިސާބުތައް ގަވާއިދުން ބެލެހެއްޓުމުގެ އިންތިޒާމްތަކެއް ނެތުމާއެކު ވަޒީފާ ނެތް މީހުންގެ އަދަދަށް އަންނާނެ ބަދަލުގެ ސީދާ އަންދާޒާއެއް ނެތް ނަމަވެސް ވަޒީފާ ނެތް މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށެވެ.

އެގޮތުން ކޮވިޑް 19 އާ ގުޅިގެން ވަޒީފާތަކުން ވަކިކުރުމާއި ގަދަކަމުން ނޯޕޭ ލީވަށް ފޮނުވުމާއި މުސާރަ ކުޑަކުރުމުގެ ގިނަ ޝަކުވާތަކެއް ޖޮބްސެންޓަރުތަކަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އުފެއްދުންތެރިިކަމުގެ 25 އިންސައްތަ އަށްވުރެ ބޮޑުބައެއް ފަތުރުވެރިކަމުގެ ދާއިރާ ހިއްސާކުރާއިރު، ކޮވިޑް 19 އާ ގުޅިގެން ޓޫރިޒަމް ހުއްޓުމުގެ ސަބަބުން، ރިސޯޓްތައް ބަންދުކޮށް، އެދާއިރާގެ އިންޕީޓް ހުއްޓި އެދާއިރާގެ ވިޔަފާރިތައް ބަންދުވާން ޖެހުމުން ގިނަ ބައެއްގެ ވަޒީފާތައް ގެއްލޭނެކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިުގެން ވަޒީފާއިން ވަކިކުރާ މީހުންނަށް އިނާޔަތެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ރައްޔާޒު އިސްމާއީލް ވިދާޅުވީ، އެގޮތަށް ވަޒީފާއިން ވަކިކުރާ ފަރާތްކަމަށް 5000 ފުރިޔާގެ އިނާޔަތެއް ދޭން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟