ކުއްލި ޚަބަރު

އިތުރު 6 މީހަކަށް ކޮވިޑް ޖެހި ރާއްޖޭގެ ޖުމުލަ 116 އަށް އަރައިފި

މަރިޔަމް ޝަހުދާ

އިތުރު 6 މީހަކަށް ކޮވިޑް ޖެހި ރާއްޖޭގެ ޖުމުލަ 116 އަށް އަރައިފި އެވެ.

އެޗްޕީއޭ އިން ދާދި ދެންމެ ބުނި ގޮތުގައި ކޮވިޑަށް މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހީންނާއި ބަންގްލަދޭޝް ދެމީހުންނާއި އިންޑިއާ މީހަކާއި ލަންކާ މީހެކެވެ.

މި ހަމީހުންނާއި ގުޅިގެން އެޗްޕީއޭއިން މިހާތަނަށް އިތުރު މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.

މި ހަ މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވީ މީހުންގެ އަދަދު ވަނީ 116އަށް އަރައިފައެވެ. އޭގެ ތެރެއިން 16 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ފުރި ފަހުންނެވެ.

ރާއްޖޭގައި ކޮވިޑް 19 ކޮމިއުނިޓި ސްޕްރެޑަކަށް ގޮސްފައިވާއިރު މުޅި ގައުމު ވަނީ ލޮކްޑައުން ކޮށްފައެވެ. އެގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާ ކޮށްފައެވެ.