ކުއްލި ޚަބަރު

ހަތަރު ދިވެހީންނާއި ބަންގްލަދޭޝް ފަސް މީހުން ކޮވިޑަށް ޕޮޒިޓިވް ވެ ރާއްޖޭގެ އަދަދު 95 އަށް އަރައިފި

އިތުރު ހަތަރު ދިވެހީންނާއި ބަންގްލަދޭޝް ފަސް މީހުން ކޮވިޑަށް ޕޮޒިޓިވް ވެ ރާއްޖޭގެ އަދަދު 95 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު އިތުރު ނުވަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިހާރު މަސައްކަތް ކުރަމުން ގެންދަނީ މި އެންމެންވެސް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރުމަށް ކަމަށް އެޗްޕީއޭއިން ކުރިި ޓުވީޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން މިހާތަނަށް މި ކޭސްތަކާއި ގުޅިގެން އިތުރު މައުލޫމާތެއް އެޗްޕީއޭއިން އާންމު ކޮށްފައެއް ނުވެއެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ޖުމުލަ 95 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 16 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ދެ މީހަކު ޕޮޒިޓިވް ވިކަން އެނގުނީ އެމީހުން ރާއްޖެއިން ފުރި ފަހުންނެވެ. އަދި މާލޭގެ އިތުރުން ހއ. އުލިގަމުންވެސް ވަނީ ކޮވިޑަށް ޕޮޒިޓީވް ވި މީހަކު ފެނިފައެވެ. އުލިގަމުން ފެނުނު މީހަކީ މާލެއިން ފުރައިގެން އެރަށަށް ދަތުރު ކުރި މީހެކެވެ.