ރ. އުނގޫފާރު ފަޅުގައި އޮތް ދޯންޏެއް ވަގަށް ނަގައިގެން އެ އަތޮޅު މާކުރަތަށް ގެންދިޔަ މައްސަލައެއްގައި ހަތަރު ދިވެހީން ހައްޔަރު ކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ދޯނި މާކުރަތަށް ގެންގޮސްފައިވަނީ ރޭ 00:15 ހާއިރު އުނގޫފާރު ފަޅުގައި އޮއްވައެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންވެސް ހައްޔަރު ކޮށްފައިވަނީ ރޭ 00:50 ހާއިރު މާކުރަތުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހަތަރު ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެއީ 28 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ ދެމީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.