ކޮރޯނާވައިރަހުގެ އަސަރު ދިގު މުއްދަތަކަށް ދެމިގެން ދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ގިނަ ގައުމުތަކުން ކުރިމަތިލަމުން ދަނީ ކޮވީޑް-19 ގެ ފުރަތަމަ ސްޓޭޖް ކަމަށެވެ. އަދި ބައެއް ގައުމުތަކަށް ވައިރަހުގެ އަސަރު ފުރަތަމަކޮޅުގައި ކޮށްފައިވާވަރު ބޮޑުވެފައިވާ ކަމަށްވެސް ޓެޑްރޮސް ވިދާޅުވިއެވެ.
" ގޯސް ނުހައްދަވާ!، އަދި މިއީ މީގެ ކޮޅުމަތި، މި ވައިރަހުގެ އަސަރު އަހަރުމެންގެ ތެރޭ ދިގު މުއްދަތަކަށް ދެމިގެން ދާނެ." ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވިއެވެ.
ޓެޑްރޮސް ވަނީ ހުޅަނގު ޔޫރަޕްގައި މިވައިރަހާ ދެކޮޅަށް ކުރިމަސައްކަތުން ގިނަ ކާމިޔާބުތަކެއް ހޯދައިފައިވާކަން ފާހަގަ ކޮށްފައެވެ. ޓެޑްރޮސް ވަނީ ބައިނަލްއަގުވާމީ ދަތުރުފަތުރު ހުޅުވާލުމުގައި ސަމާލުވުމަށް ވެސް އެދިވަޑައިގެންފަ އެވެ.