ދުނިޔެ

ކޮރޯނާވައިރަސްއަކީ ލެބަކުން ދޫވި އެއްޗެއްކަމުގެ އެއްވެސް ހެއްކެއް ނެތް: ޑަބްލިޔުއެޗްއޯ

އަލީ ޔާމިން

ކޮވިޑް 19 ޖައްސާ ނޮވެލް ކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގެ ލެބަކުން ދޫވި އެއްޗެއް ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ މިހާތަނަށް ބެލި ބެލުމުން އެއީ ވާލުގެ ޒަރިއްޔާ އިން ފެތުރިފައިވާ ވައިރަހެއްކަން އެނގިފައިވާ ކަމަށެވެ. ޗައިނާގެ ސައިންސްވެރިން ވެސް ވަނީ ކޮވިޑް 19އަކީ ވާލުގެ ޒަރިއްޔާއިން ފެތުރެން ފެށި ވައިރަހެއް ކަމަށް މީގެ ކުރިން ތަކުރާރުކޮށް ބުނެފައެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވަނީ ކޮރޯނާވައިރަހަކީ ވޫހާންގެ ލެބަކުން ދޫވި އެއްޗެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ޓްރަމްޕް ވިދާޅުވީ، ކޮވިޑް 19ގެ ވައިރަސް ވޫހާންގެ ލެބަކުން ދޫވީ އެ ލެބުގެ ސަލާމަތީ ކަންކަން ދޯދިޔާވުމުން ކަމަށާއި ވޫހާންގެ ލެބުން ވައިރަސް ދޫވި މައްސަލަ އެމެރިކާ އިން ތަހުގީގުކުރާނެ ކަމަށެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް 19، ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ އިރު، އެ ބަލީގައި 180،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.