މުހައްމަދު އައުޒަމް
ޖެކްމާގެ އެހީގެ ގޮތުގައި އިތުރު 100 މިލިއަން މާސްކާއި އެއް މިލިއަން ޓެސްޓު ކިޓް ދޭން ނިންމައިފިއެވެ.
އަލީބާބާގެ ބާނީ އަދި ބިލިއަނަރު ޖެކްމާގެ ދީލަތި އެހީ ދުނިޔެއަށް ދިމާވެފައިވާ މިނުރައްކާތެރި ދަނޑިވަޅުގައި އެކި ގައުމުތަކަށް އަންނަނީ ލިބެމުންނެވެ. ޖެކްމާގެ މިފަހަރުގެ އެހީގައި އޭނާވަނީ 100 މިލިއަން މާސްކުގެ އިތުރުން ކޮވިޑްގެ ކަންކަމުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ބޭނުންކުރާ އެން95 ގެ އެއް މިލިއަން މާސްކް ވެސް ހަދިޔާ ކޮށްފައެވެ.
މާސްކުގެ އިތުރުން ޖެކްމާ ވަނީ ކޮވިޑް-19ގެ އެއް މިލިއަން ޓެސްޓު ކިޓް ވެސް ހަދިޔާ ކުރުމަށް ނިންމާފައެވެ. ޖެކްމާ ވަނީ މިހުރިހާ އެހީއެއްވެސް ޑަބްލިއު އެޗްއޯ މެދުވެރިކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ފޮނުވުމަށް ނިންމާފައެވެ.
ޖެކްމާ މީގެކުރިން ވަނީ ރާއްޖެ އާއި ސަރައްހައްދީ ގައުމުތަކަށް އަމާޒުކޮށް ވެސް ކޮވިޑަށް އެހީވުމަށް ތަކެތި ފޮނުވަން އިއުލާނުކޮށްފައެވެ. މި އެހީތަކުގެ ތެރޭގައި ތެރޭގައި 1.8 މިލިޔަން މާސްކު، ދެލައްކަ ދިހަހާސް ޓެސްޓު ކިޓްސް، 36000 ޕްރޮޓެކްޓިވް ސޫޓްސް އަދި ވެންޓިލޭޓަރާއި ތާމޯމީޓަރު ވަނީ ހަދިޔާކޮށްފައެވެ.