ކޮވިޑް 19

ޔޫއޭއީ އިން ކޮވިޑަށް ޓެސްޓުކުރުމުގެ ޕްރޮގްރާމެއް ތައާރަފުކޮށް އެގައުމުގެ އެންމެން ޓެސްޓު ކުރުމަށް ނިންމައިފި

މުހައްމަދު އައުޒަމް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކޮވިޑް 19އަށް ޓެސްޓުކުރުމުގެ ޕްރޮގްރާމެއް ތައާރަފުކޮށް އެގައުމުގެ އެންމެން ޓެސްޓު ކުރުމަށް ނިންމައިފިއެވެ.

އަބޫދާބީގެ ކްރައުން ޕްރިންސް ޝެއިހް މުހައްމަދު ބިން ޒިޔާދު އަލް ނަހްޔާން އާއި އެގައުމުގެ އާމީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު ތައާރަފު ކުރެއްވި މި ޕްރޮގްރާމުގެ ދަށުން އެގައުމުގެ ކޮންމެ ރައްޔިތަކަށްވެސް ގޭގައި ހުރެގެން ކޮވިޑަށް ޓެސްޓު ކުރެވޭނެއެވެ. އަދި ގައުމުގެ އެންމެން ކޮވިޑަށް ޓެސްޓުކުރަން ވަނީ ނިންމައިފައެވެ.

ޝެއިހް މުހައްމަދު ބިން ޒިޔާދު ކުރެއްވި ޓްވީޓް

ކޮވިޑްގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ޔޫއޭއީ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގައުމުގެ ރައްޔިތުންގެ ތެރެއިން މިހާތަނަށް 650،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން އިން ވަނީ ބުނެފައެވެ.

ޔޫއޭއީ އިން މިހާތަނަށް 7755 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް އެގައުމުން 46 މީހުން ވަނީ މަރުވެފައެވެ. އަދި ވައިރަސް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 1443 މީހުން ވަނީ ރަނގަޅުވެފައެވެ.