ވިއްސާރަ މޫސުން ކުރިމަތިވާތީ، މަދިރިން ސަލާމަތްކުރުމުގެ މަސައްކަތް މާދަން ފަށާނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ ރާއްޖޭގައި ވިއްސާރައިގެ ހާލަތެއް އަތުވެއްޖެ ނަމަ، ކަންތައް ކުރަން ޖެހޭނެ އިންތިޒާމުތަކާ އެއްގޮތަށް މާލޭ ސިޓީ ކައުންސިލުގެ މަސައްކަތް ކުރިއަންގެންދަން ނިންމާފައިވާ ކަމަށެވެ.
"މިގޮތުން ފުމިގޭޝަންގެ މަސައްކަތް މާދަމާ، މާނައަކީ މަދަރި އާލާވެ ގިނަވެދާނެ ކަމަށް ބަލައި ފުމިގޭޓްކުރުމުގެ މަސައްކަތް މާދަމާ ފައްޓަވާނެ ކަމަށް އެބޭފުޅުން ވިދާޅުވޭ. އަދި މަދިރި އާލާވާ ފަދަ ތަންތަނަށް އަޅަން ޖެހޭ ބޭސް އެޅުމުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މާދަމާ ފެއްޓޭނެ ކަމަށް ދަންނަވާ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މިކަހަލަ މޫސުމެއްގައި މާލޭގެ މަގުތަކުގައި ފެން ހެދުމަކީ ގާތް ކަމަކަށްވާނެތީ އިތުރު ވެހިކަލްތައް ނެރިގެން މާލޭގެ މަގުތަކުގައި ފެން ހެދުނަ ނުދީ ޕަމްޕު ކުރުމުގެ މަސައްކަތްކުރުމަށް އެމްޑަބްލިޔުއެސްސީއާއެކު މިހާރުވެސް ސިޓީ ކައުންސިލުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.