ކުއްލި ޚަބަރު

4418 މީހެއްގެ ސާމްޕަލް މިހާތަނަށް ވަނީ ނެގިފައި، 262 ސާމްޕަލްގެ ނަތީޖާ ނުލިބި އެބައޮތް: މަބްރޫކް

މިހާތަނަށް 4418 މީހެއްގެ ސާމްޕަލް ނެގިފައިވާ ކަމަށާއި 262 ސާމްޕަލްގެ ނަތީޖާ ނުލިބި އެބައޮތް ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ ނަތީޖާ ނުލިބޭ 262 ސާމްޕަލުގެ ތެރޭގައި ކުރެއްދޫ ރިސޯޓުން ނެގިފައިވާ 246 ސާމްޕަލެއް ހިމެނޭ ކަމަށެވެ.

"މިހާތަނަށް ސާމްޕަލް ނެގިފައިވާ އަދަދަކީ 4418. މިވަގުތު ލެބޯޓަރީގައި ސާމްޕަލްގެ ނަތީޖާ ނުލިބު 262 ސާމްޕަލެއް އެބަހުރި. މީގެ ތެރޭގައި ހިމެނޭ 246 ސާމްޕަލެއް، ކުރެއްދޫން ނެގިފައިވާ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މިވަގުތު 84 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށާއި ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށް ފާހަގަކުރެވޭ ދެ ކޭސްއެއް ވެސް ހިމެނޭ ކަމަށެވެ. އަދި މިހާރު 66 މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.