ކުއްލި ޚަބަރު

މާލެއިން އިތުރު މީހަކު ބަންގްލަދޭޝް މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ، ރާއްޖޭގެ ޖުމުލަ 83 އަށް އަރައިފި

މަރިޔަމް ޝަހުދާ

މާލެއިން އިތުރު ބަންގްލަދޭޝް މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 83 އަށް އަރައިފި އެވެ.

މިއީ މިއަދު ކޮވިޑް 19 އަށް މާލޭން ޕޮޒިޓިވް ވި 14 ވަނަ މީހާއެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އުމުރުން 80 އަހަރުގެ މީހަކުވެސް ވަނީ ހިމެނިފަ އެވެ.

މިއަދު ކުރީން ޕޮޒިޓިވް ވި 13 މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި، ފަސް ބަންގްލަދޭޝް މީހުންނެވެ. އެހެންކަމުން އެ މީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މާލޭން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒޮޓިވް ވެފައިވާ އިރު، ބަލި ޖެހިފައިވާ އެކަކު ހއ. އުލިގަމުގައިވެސް އެބަހުއްޓެވެ. އެމީހާ އަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި މީހެކެވެ. އެހެން ކަމުން އޭނާއަށް ވެސް ބަލި ޖެހިފައި ވަނީ މާލޭން ކަމަށް ވަނީ ނިންމާފަ އެވެ.