ކުއްލި ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވް ވި 13 މީހުންގެ ތެރޭގައި 80 އަހަރުގެ މީހަކު ހިމެނިއްޖެ

މިއަދު ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި އުމުރުން 80 އަހަރުގެ މީހަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ، މިއަދު 13 މީހަކު މާލޭން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރޭގައި އުމުރުން 80 އަހަރުގެ މީހަކު ހިމެނޭ ކަމަށެވެ.

މިއަދު ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި، ފަސް ބަންގްލަދޭޝް މީހުންނެވެ. އެހެންކަމުން އެ މީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއަދު ޕޮޒިޓިވް ވި 13 މީހުންނާއެކު މާލޭން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 63 އަށް އަރާފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއަދު މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ ކޭސް ނަންބަރުތަކަކީ 70، 71، 72، 73، 74، 75، 76، 77، 78، 79، 80، 81، 82، 83 އެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 83 އަށް އަރައިފައެވެ. ބަލިން ރަނގަޅުވެފައި ވަނީ 16 މީހެކެވެ.