ކުއްލި ޚަބަރު

މާލޭގައި ކުލި ނުދެއްކުނު ބަޔަކު ގެއިން ނެރެލައިފި، ސަރުކާރުން ވަގުތީ ހިޔާ ދީ ބަލަހައްޓަނީ

8

ކުލި ނުދެއްކިގެން ގެއިން ނެރެލި ދެ މީހަކަށް ސަރުކާރުން ވަގުތީ ހިޔާވަހިކަންދީ ބަލަހައްޓަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާއިޝާ މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނެރެލި ދެބޭންނަށް ވަގުތީ ހިޔާވަހިކަން ދީފައިވާ ކަމަށެވެ.

މިވަގުތަކީ އިންސާނިއްޔަތުކަން ދައްކައިދޭންވީ ވަގުތު ކަމަށް މިނިސްޓަރުގެ ޓުވީޓުގައި ފާހަގަކުރެއްވި އެވެ. އަދި އެހެން މީހުންނަށް އެހީތެރިވުމަކީ ކޮންމެވެސް ދުވަހަކުން ތިމާއަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވި އިރު މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ މީހުން އެ މިނިސްޓްރީއާއި ހަވާލުކޮށްފައިވާ ކަމަށް ވެސް މީގެ ކުރިން މިނިސްޓްރީން ބުނެފައި ވެއެވެ އަދި މި މަހު 15 އިން ފެށިގެން އެމީހުންނަށް ކެއިން ބުއިމާއި ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟