އަނެއްކާވެސް ބަންގްލަދޭޝް 5 މީހުންނާއި 8 ދިވެހީން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ، މިއަދު 13 މީހަކު މާލޭން ކޮވިޑް 19 އަށް ޕޮޒިޓީވް ވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި، ފަސް ބަންގްލަދޭޝް މީހުން ކަމަށެވެ. އެ މީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ، އެ ފަރާތްތަކީ މީގެކުރިން ފެނިފައިވާ، އެހެން ކޭސްތަކާ އެއްވެސް ގުޅުމެއްހުރި ބައެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއަދު ޕޮޒިޓިވްވި 13 މީހުންނާއެކު މާލޭން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 62 އަށް އަރާފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ރޭ ދަންވަރުގެ ވަގުތުގައިވެސް ދެ މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައިވެއެވެ. އެޗްޕީއޭއިން ބުނީ އެ ދެމީހުންނަކީ ދިވެއްސަކާއި ބަންގަލަދޭޝްމީހެއް ކަމަށެވެ.
މިއަދު މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ ކޭސް ނަންބަރުތަކަކީ 70، 71، 72، 73، 74، 75، 76، 77، 78، 79، 80، 81، 82 އެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ 82 އަށް އަރައިފައެވެ. ބަލިން ރަނގަޅުވެފައި ވަނީ 16 މީހެކެވެ.